ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ މަގާމަށް ހިލްމީ އައްޔަނު ކުރެއްވީ މިއަދުއެވެ. ޗީފް އޮފް ޑީފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ވައިސް ޗީފް އޮފް ޑިފެންސްފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *