ކ.ގުޅީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނެވުނު ބަދަލާއިއެކު، އެރަށުގެ އިޙްތިޞާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފިއެވެ.

ގުޅީގެ އިދާރީ އިޚްތިޞާޞަށް ބަދަލު ގެނައުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އެގަރާރު މިހާރު ގެޒެޓުކުރައްވާފައެވެ.

މީގެ ކުރިން ފުށި ދިއްގަރުފަޅުން ބައެއް ގުޅީގެ އިޚްތިޞާޞްގައި ހިމެނުނުނު ނަމަވެސް ފުއްދިއްގަރު ފަޅު ގުޅީގެ އިޚްތިޞާޞުން ވަކިކޮށްފައި މިވަނީ ފުށިދިއްގަރުފަޅަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމަށް ނިންމާފައިވާ ތަނަށް ވާތީއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލާގެ ހައްލަކަށް ރައީސް މުޢިއްޒު ހުށައަޅުއްވާފައި ވަނީ "ފުށިދިއްގަރުފަޅު" މަޝްރޫޢުއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ14 ހަފްތާގެ ތެރޭގައި، ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

8 މަސްދުވަސް ތެރޭ ހިއްކާ ނިންމުމަށް ކަނޑައަޅާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓްގައި 1280 ހެކްޓަރުގެ ބިން ހިއްކަން ނިންމައިފައިވެއެވެ. ހިއްކާނިމުމުން އެތަން ވެގެންދާނީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށަކަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ފްލެޓް ދޫކުރުމަށްވެސް ނިންމަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *