ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީ އާއެކު ވެފައިވާ އެއްބަސްވުން ގަވާއިދާ ހިލާފުކަމަށް ބުނެ، އެ އެއްބަސްވުން އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ސިވިލް ސާރވިސްގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނުވަތަ ފަސްޓްލޭޑީ އަކީ ދައުލަތުގެ މަގާމަކަށް ނުވާތީ ސާޖިދާއަށް ސިވިލް ސާވިސްގެ ވަޒީފާގައި ކުރިއަށް ވަޑައިގެންނެވޭނެ ކަމަށެވެ. ރައީސްގެ އަނބިކަނބަލުން ސިވިލް ސާވިސްގެ މަގާމެއްގައި ހުންނަވާއިރު މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ނޫންތޯ ދެންނެވުމުން ނާސިހް ވިދާޅުވީ އެފަދަ ފުރުސަތެއް އޮވެދާނެ ކަމަށް ބަލައި އެއްވެސް ބޭފުޅަކު ކުށެއް ނުކުރައްވަނީސް ފިޔަވަޅެއް އެޅުމުގެ ބާރު ކޮމިޝަނަށް ނެތް ކަމަށެވެ.

މީގެ އިތުރުން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު، އިންތިހާބު ކާމިޔާބުކުރެއްވި ހިސާބުން ފެށިގެން އެމްއެފްޑީއޭގެ ވަޒީފާއިން އޭނާ އަމިއްލައަށް އެކަހެރިވެވަޑައިގެންނެވި ކަމަށާއި އެއްވެސް ލިޔުމެއްގައި ސޮއިވެސް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ސާޖިދާ ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑަރްގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި މަސައްކަތް ކޮށްދިނުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގަތީ މުސާރަ ހިނގާ ގޮތަކަށް ނޫން ކަމަށާއި އެދުނީ އޭނާއަށް މުސާރަނުދޭގޮތައް ކާބޯތަކެއްޗާ ގުޅޭ ސްޓޭންޑާޑުތައް ކަނޑައެޅުން ފަދަ މަސައްކަތްތައް ޓެކްނިކަލް ކެޕޭސިޓީގައި ހިލޭ ކޮށްދިނުމަށްކަަމެވެ. އަދި ސާޖިދާ ވަނީ އެމްއެފްޑީއޭގައި ކުރައްވަމުން ގެންދެވި މަސައްކަތް އަދިވެސް ކުރައްވާ ހިތްވާކަމަށާއި އެ މަސައްކަތާ ނުލާ އުޅެންވެސް އުނދަގޫކަމަށް ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *