ދިވެހި ސިފައިންގެ ޚިދުމަތަށް އެތަކެއް އަހަރުތަކެއް ހިދުމަތް ކުރެއްވުމަށްފަހު މޭޖަރ ޖެނެރަލް ވައިޘް ވަޙީދުއާއި މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤު ރިޓަޔަރކުރައްވައިފިއެވެ.

34 އަހަރަށްވުރެއް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ވައިޘް ވަޙީދު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 19 ޖޫން 1989ގައެވެ. އަދި އޭނާ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކޮމަޑާންޓް އެމްއެންޑީއެފް މެރިން ކޯރ، އަދި ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުކުގެ މަޤާމުގައެވެ.

ޙާމިދު ޝަފީޤު ރިޓަޔަރ ކުރެއްވިއިރު އަދާކުރައްވަމުން ގެންދިޔައީ ކޮމަޑާންޓް އެމްއެންޑީއެފް ސަރވިސް ކޯރގެ މަޤާމެވެ. 33 އަހަރަށްވުރެ ދިގު މުއްދަތަަކަށް ސިފައިންގެ ދާއިރާގައި މަސައްކަތްކުރެއްވި ހަމީދު ޚިދުމަތާއި ގުޅިވަޑައިގަތީ 11 މަރޗް 1990ގައެވެ.

ދެ ބޭފުޅުންނަކީވެސް އެ ހިދުމަތަށް އިޚްލާސްތެރި އަސްކަރީ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *