ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން މާލޭގެ އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ، ހުކުރު ހުތުބާ އަޑުއަހަނީ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގްރޭޑް 12،11،10 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގުރޭޑް 10،11،12 ގައި ތައުލީމު ހާސިލްކުރަމުންދާ ނުވަތަ ސުކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔަވާ ނަމާދު ފިގުހުގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ދަރިވަރުންނަށް އިއްޔެއިން ފެށިގެން މިނިސްޓްރީގައި ގައިމުކޮށްފައިވާ އިލެކްޓްރޯނިކް ފޯމު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ، ޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓިފިކެޓްތަކުގެ ކޮޕީ، ސުކޫލުގައި އުޅޭ ނަމަ ލިޔުން އަދި 18 އަހަރު ފުރިފައިނުވާނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެވެ.

މި ފޯމު މިނިސްޓްރީގެ ވެބްސައިޓް www. Islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދަރިވަރުން ހުކުރު ކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅަން ޖެހޭނި 29 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *