ޑރ. މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު

ފަސްޓް ލޭޑީގެ މަގާމުގައި ހުރެ ދައުލަތުން ދޭ އެލެވަންސް ލިބޭހާ ހިނދަކު ސަރުކާރުގެ އެހެން އިދާރާއަކުން ދޭ ފައިސާ ބޭނުން ނުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވެފައި މިވަނީ ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑަރްގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި މަސައްކަތް ކޮށްދިނުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގަތީ މުސާރަ ހިނގާ ގޮތަކަށް ނޫން ކަމަށާއި އެދުނީ އޭނާއަށް މުސާރަނުދޭގޮތައް ކާބޯތަކެއްޗާ ގުޅޭ ސްޓޭންޑާޑުތައް ކަނޑައެޅުން ފަދަ މަސައްކަތްތައް ޓެކްނިކަލް ކެޕޭސިޓީގައި ހިލޭ ކޮށްދިނުމަށްކަަމެވެ. އަދި ސާޖިދާ ވަނީ އެމްއެފްޑީއޭގައި ކުރައްވަމުން ގެންދެވި މަސައްކަތް އަދިވެސް ކުރައްވާ ހިތްވާކަމަށާއި އެ މަސައްކަތާ ނުލާ އުޅެންވެސް އުނދަގޫކަމަށް ފާހަގަކުރައްވާފައެވެ.

އެމްއެފްޑީއޭގައި މަސައްކަތްކުރައްވަން ފުރުސަތު ލިބި މުސާރަ އެ އިދާރާއިން ދޭން މަޖުބޫރުވެއްޖެ ހާލަތެއްގައި އޭނާ ބޭނުންވާނީ އެ ފައިސާ ޑޮނޭޓް ކުރަންކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ. އެގޮތުން އެ ފައިސާ ހަދިޔާ ކުރަން ބޭނުންވަނީ ސިއްހީ ދާއިރާގެ ކޮންމެސް މަސައްކަތަކަށް ކަމަަށާއި އެ ފައިސާ ބޭނުން ނުކުރައްވާނެކަމަށް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު، އިންތިހާބު ކާމިޔާބުކުރެއްވި ހިސާބުން ފެށިގެން އެމްއެފްޑީއޭގެ ވަޒީފާއިން އޭނާ އަމިއްލައަށް އެކަހެރިވެވަޑައިގެންނެވި ކަމަށާއި އެއްވެސް ލިޔުމެއްގައި ސޮއިވެސް ކުރައްވާފައިނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ އޭނާއަށް ވަޒީފާ ދިނުމަށްޓަކައި ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކުރަން ނުޖެހޭނެ ކަމަށާއި އުސޫލުން ބޭރުވާ އެއްވެސް ކަމެއް އެކަމަނާ ކުރައްވާފައެއް ނުވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *