ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ފަސް ކެންޑިޑޭޓުން ނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން  މިއަދު  ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ  ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ވިހި ހާސް ރުފިޔާއިން  ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި  ފަސް ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން  ހަ ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. 

ޖޫރިމަނާ ކޮށްފައިވާ ކެންޑިޑޭޓުންނަކީ : 

1. އުމަރު ނަސީރު، ހ. ދޮންޖޭމުގެ، މާލެ 

2. ހަސަން ޒަމީލް ، މއ. މާވެޔޮ ވިލާ، މާލެ

3. އަހުމަދު ފާރިސް މައުމޫން، ކިނބިގަސްދޮށުގެ، މާލެ

4. އިލްޔާސް ލަބީބް، ބުލޫ ސްކައި،  ސ. ހުޅުދޫ

5. މުހައްމަދު ނާޡިމް، މ. ސީނުކަރަންކާގެ، މާލެ

މި ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިވަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ މާލީ ބަޔާން ކޮމިޝަނަށް ލިބި،  އެ ބަޔާންތައް ކޮމިޝަނުން ދިރާސާކުރުމަށްފަހު  އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުވާތީ  ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

މި ފަސް ކެންޑިޑޭޓުންގެ މާލީ ބަޔާނުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން  އެ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުންނާއި މެދު އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން  ފިޔަވަޅު އެޅުމަށް މިއަދު ކޮމިޝަނުން ބޭއްވި ޖަލްސާގައި ވަނީ ފާސްވެފައެވެ. 

އެހެންކަމުން މި ފަސް ކެންޑިޑޭޓުންނާއި އެޖެންޓުން  މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *