ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ނުތަވަ ޕަބްލިކް ބޭންކު އެކައުންޓުން ފައިސާ އޯވަ ޑުރޯ ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުން ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް އަންގައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިގްތިސާދީ ތަދުމަޑުކަން ދިމާވުމާއެކު ސަރުކާރުން އެދިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ދެ ފަހަރެއް މަތިން އަހަރު ދުވަހަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ ދީފައެވެ. އަދި ތިން ވަނަ ފަހަރަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިމުކަމަށް އަންނާނެއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މިހާރު ނެތުމުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. އަށް ގެނެވުނު އިސްތިސްނާކުރުން ޖެނުއަރީ 1، 2024 އިން ފެށިގެން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިއާދަކުރުމަށެވެ.

މާލީ ވަޒީރު ވިދާޅުވީ، އިގްތިސޯދީ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑިޕީ ކޮވިޑްގެ ބަލި މަޑުކަމުގެ ކުރިން 2019 ވަނަަ އަހަރު ހުރި މިންވަރަށް ފަހަނައަޅާ ގޮސްފައި ކަމަށެވެ. އަދި 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީވެސް 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އިސްތިސްނާ މުއްދަތު ހަމަވާއިރު ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯވެފައިވާ މިންވަރު ސެކިއުރަޓައިޒްކޮށް ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *