ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުށަހެޅި ކުންފުނީގެ ބިލު މަޖިލީހުން، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މިއަދު ފާސްކޮށްފިއެވެ.

އެބިލު މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު އެވެ.

އިގްތިސޯދީ ކޮމިޓީން ދިރާސާކޮށް ނިންމުމަށް ފަހު ބިލު ފާސްކުރަން ފުރަތަމަ އެޖެންޑާކުރީ އިއްޔެއަށް ނަމަވެސް ވޯޓަށް އަހަން ބޭނުންވާ 44 މެންބަރުންގެ ކޯރަމް ހަމަނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މި ބިލު ފާސްކުރުން މިއަދަށް އެޖެންޑާކުރުމަށެވެ.

އެހެންކަމުން ވޯޓު ގަޑީގައި މި ބިލަށް ވޯޓަށް އެހުމުން، ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 53 މެންބަރުންނެވެ. އެއް މެންބަރަކު ވަނީ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

މިއަދު ފާސްކުރި ކުންފުނީގެ ބިލުގައި ކުންފުނިތައް އުފައްދައި ރެޖިސްޓްރީކުރުމާއި، ކުންފުނިތައް ހިންގުމާއި އުވާލުމުގެ ހަމަތަކާއި މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކުންފުނިތަކަށް ބަދަލު ގެނައުން ފަދަ ބައިތައް ހިމަނާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *