ފޮޓޯ: ވަން އޮންލައިން

ތިން ގައުމަކަށް އާ ސަފީރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

އެގޮތުން ހުށަހަޅުއްވާފައިވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އަދި އ.ދ ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

އެ ތިން ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

މި ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން މިއަދު ވަނީ އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށްފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ސަފީރުން އައްޔަނު ކުރުމަށް ފޮނުއްވި ފުރަތަމަ ނަންތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *