އެސްޓީއޯއިން ވަނީ ފިޔާ ވިއްކާ އަގު ހެޔޮކޮށްފައި

ރާއްޖެއަށް ފިޔާ ލިބުމުގައި ދައްޗެއް ނެތް ކަމަށާއި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ބާޒާރުގައި ފިޔާގެ އަގު ބޮޑުކުރަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވާކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާ އެ ވުޒާރާއިން ކުރެވުނު މަޝްވަރާތަކުގައި އެ ފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓްކުރެވޭނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

"ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާގޮތުގައި 23 ނޮވެމްބަރު 2023 އާ އަޅާބަލާއިރު 10 ޑިސެމްބަރު 2023 ގައި ބާޒާރުގައި 20 އިންސައްތައާއި 50 އިންސައްތައާއި ދެމެދު ފިޔާގެ އަގު އުފުލިފައިވާކަން ފާހަގަކުރެވިފައިވޭ."

މިނިސްޓްރީގެ ބަޔާނުގައި ވަނީ އާންމުންނަށް ދަތިވާނެފަދަ ގޮތަކަށް ބާޒާރުގައި ފިޔާގެ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *