ސްޓެލްކޯ އިން އެއްވެސް މުވައްޒަފަކު ވަކި ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މަސައްކަތަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް އެ ކުންފުނީގައި މުވައްޒަފުން މިވަގުތު އެބަތިބި ކަމަށާއި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށް މަގުމަތިކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ފަހްމީ ވިދާޅުވީ، އެކުންފުނީގެ ވިސްނުން ހުރީ މުވައްޒަފުން ތަމްރީނުކޮށްގެން އެކި ދިމާތަކުގައި އެ މުވައްޒަފުންގެ ބޭނުން ހިފުން ކަމަށެވެ.

އެގޮތުން ސްޓެލްކޯގައި މިވަގުތު ޓެކްނިކަލް ދާއިރާ އިން ކިޔަވައިގެން ތިބި އެހާ ގިނަ ބަޔަކު ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ފަހްމީ އިތުރަށް ވިދާޅުވީ، މުވައްޒަފަކު ބޮޑެތި ކަންތައްތަކެއް ކޮށްފައި ހުރި ނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި ނަމަވެސް ޖުމްލަ ގޮތެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *