މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ކެމްޕޭން ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

"ފެހި ތަނަވަސް މާލެ"ގެ ނަމުގައި ކެންޕެއިން ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިވަގުތު ސޯސަން ޖަގަހަ ކުރިމަތީގައި ކުރިއަށްދާ ޖަލްސާގަ އެވެ.

މި ޖަލްސާގައި ވަނީ މާލެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި އިތުރު ތިން ދާއިރާއަކުން ކައުންސިލަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފު ކޮށްދެއްވާފައެވެ.


އެގޮތުން މާލެ ސިޓީ މޭޔަރު ކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ ހައްވާ ނިހްލާ އެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ އަހްމަދު އިމްރާން އެވެ. އަދި މީގެއިތުރުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ އަހްމަދު ރިޟްވާން އެވެ.

މާލެ މޭޔަރުގެ މަޤާމާއި، 3 ދާއިރާއަކުން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖެނުވަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *