"ގެދޮރުވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ މައްސަލައިގެ ތަހުޤީގަށް، އެ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން އެކޮމިޝަނަށް މިހާރު ދީފައިވާ ކަމަށެވެ.

ޕޯޓަލްގެ އެކްސެސް ލިބުމުން، ތަހުޤީގު ފެށިގެން ކުރިއަށް ދާ ކަމަށާއި, މައްސަލައިގެ ތަހުޤީގު ކުރިއަށްދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭގޮތަށް މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ގެންދާނެކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމު" ގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކީ ފެންމަތިވި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން އެ ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން ނޮވެމްބަރު 5 ވަނަ ދުވަހުވެސް އެންގިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *