ހުޅުމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަން

ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތަކަކީ  ތެދެއް  ކަމުގެ  ހެއްކެއް  ނުފެންނަ  ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީން  ކަމުގެ ނުވަތަ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައެއް ނުވާ ކަމަށެވެ.

އެހެންކަމުން، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރެވިފައިވާ ކަމަށް ފުލުުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖްވެސް ފުލުހުން ބަލައިފަވެއެވެ.

އެގޮތުން މިހާތަނަށް ބެލިބެލުމުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދާފައިވާކަމުގެ މަޢުލޫމާތު ލިބިފައި ނުވާ  ކަމަށާާއި، އަދި ހާދިސާ ހިނގިތަންކަމަށް ބުނާ ތަނުން އެފަދަ ކަމެއް ހިނގިކަމުގެ މާއްދީ އެއްވެސް ހެއްކެ ލިބިފައިނުވާ  ކަމަށް  ފުލުހުން ބުނެއެވެ.

މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *