ރައީސް ސޯލިހު އެމްޑީޕީގެ ކޮމިޓީ އަކާއި ބައްދަލުކުރެއްވުން - ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ މާލެސިޓީ ކައުންސިލްގެ ބައި އިލެކްޝަން ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން މިރޭ އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

ސިޓީ ކައުންސިލްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް މީގެކުރިން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ ރެ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެރޭގެ ރަސްމިއްޔާތު ވަނީ ކެންސަލުކޮށްފައެވެ.

"ފެހި ތަނަވަސް މާލެ"ގެ ނަމުގައި ކެންޕެއިން ލޯންޗުކުރުން އޮންނާނީ މިރޭ 08:30 ގައި ސޯސަން ޖަގަހަ ކުރިމަތީގައި ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

މާލެ މޭޔަރުގެ މަޤާމާއި، 3 ދާއިރާއަކުން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖެނުވަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ފޯމު ހުށަހެޅުއްވީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް އެކަންޏެވެ. މާލޭ ސިޓީ ކައުންސިލުގައި މިހާރު މެމްބަރަކު ނެތް ދާއިރާތައް ކަމަށްވާ؛ މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، އަދި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވަންވެސް ހުށަހެޅުއްވީ ކޮންމެ ދާއިރާއަކަށް އެންމެ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *