އެލައިޑް އިންޝިއުރެންސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރުގެ ހުސެއިން ލުވައިޒް -- ފޮޓޯ: ދަޕްރެސް

އެލައިޑް އިންޝިއުރެންސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ލުވައިޒް އައްޔަން ކޮށްފި އެވެ.

މީގެ ކުރިން ލުވައިޒް އަދާ ކުރައްވަމުން ގެންދެވީ އެ ކުންފުނީގެ ޖެނެރަލް ކްލެއިމްސް ސެކްޝަންގެ މެނޭޖަރު ކަމުގެ މަގާމެވެ. އަދި އޭނާއަކީ އެ ދާއިރާއިން އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ލުވައިޒް އެ ކުންފުންޏާ ގުޅިވަޑައިގަތީ 2002 ވަނަ އަހަރު އެވެ.

އެލައިޑަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ވާއިރު، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރޭންސްގެ ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުންޏަކީވެސް އެލައިޑެވެ. އަދި 30 އަހަރުގެ ހިދުމަތާއެކު އެލައިޑުން ވަނީ އިންޝުއަރޭންސްގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *