އައްޑޫ ސިޓީ -- ފޮޓޯ: ފޭސްބުކް

އައްޑޫ ސިޓީގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީގެ ރަށްތަކަށް ރޭ ފެން ދޫކޮށްފި އެވެ.

ބުރާސްފަތި ދުވަހު އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކަށް ވަނީ ފެނުގެ ޚިދުމަތް ކެނޑިފައެވެ. ފެނަށް ދިމާވި މައްސަލަ ހައްލުކުރުމަށް އެ ވަގުތުންފެށިގެން މަސައްކަތް ފެށި ނަމަވެސް ފެނުގެ ޚިދުމަތް އަލުން ދީފައި ވަނީ ދެ ދުވަސް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފެން ކެނޑިފައި ވަނީ، ޕްލާންޓުން އުފައްދާ ފެން ދައުރުކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވީއެފްޑީ ޑްރައިވް އަށް ދިމާވި މައްސަލަޔަކާއި ގުޅިގެންނެވެ. މައްސަލަ ހައްލު ކުރުމަށް ދެ ފަހަރު މަތިން މާލެ އިން ސްޕެއާ ވަނީ ގެންގޮސްފައެވެ.

ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އެއް ސިޓީ، އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ކެނޑުނީ ގަވާއިދުން ފެން ޕްލާންޓު މަރާމާތު ނުކުރުމުގެ ސަބަބުން ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

އަދި ފެން ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ފޯރުކޮށް ދިނުމުގެ މުޅި ހިދުމަތް މެދުކެނޑެން ޖެހުނީ އެކަށީގެންވާ މިންވަރަށް ފެނުގެ ސްޓޮކެއް ނެތުމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން، ކުރިޔަށް އޮތް ތަނުގައި އައްޑޫ ސިޓީގައި މިފަދަ ގޮތަކަށް ފެނުގެ ހިދުމަތް ކެނޑިގެން ނުދާނެ ގޮތެއް ހޯދަން، ފެނުގެ ސްޓޯރޭޖު އިތުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *