އެސްޓީއޯ އިން ކާޑު ގުދަނަކަށް ކާޑު ޖަމާ ކުރަނީ - ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)

އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ވިދަޅު ވެއްޖެ އެވެ.

ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަން ދޭނެ ކަމަށައި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކި ވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ސިޔާސަތަކީ ރައްޔިތުންގެ ފްޑު ސެކިއުރިޓީ ގާއިމްކޮށް ދެއްވަން ކަމަށެވެ. އެހެންކަމުން އެކަން ކާމިޔާބުކުރައްވާނީ ދެމެހެއްތެނިވި ވަސައިޖެހޭ ހައްލަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، މާޗު މަހާއި ހަމައަށް އެ ޤައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަނާ ކޮށްފައެވެ. އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަށްވާއިރު، މި ފިޔަވަޅުގެ ސަބަބުން ފިޔާ ލިބުމުގެ ދަތިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ފިޔާގެ އިތުރުން އިންޑިއާ އިން ވަނީ ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓް ކުރުން ވެސް މަނާ ކޮށްފަ އެވެ.

މި ދަނޑިވަޅުގައި އިންޑިއާއިން ފިޔާ ބޭރު ކުރެވޭނީ ތިން ހާލަތެއްގަ އެވެ. އެއީ:

  • އެކްސްޕޯޓު ކުރުން މަނާ ކުރުމުގެ އިއުލާނު ނެރުމުގެ ކުރިން ލޯޑު ކޮށްފައިވާ ފިޔާ ކޮންސައިންމަންޓްތައް
  • އަދި ޝިޕިން ބިލް ހުށަހަޅައި ފިޔާ ލޯޑް ކުރަން ބަނދަރުތަކަށް ކުރިން ބަނދަރުކޮށްފައި އުޅަނދުތަކުގެ ރޮޓޭޝަން ނަންބަރު, އިއުލާން ނެރުމުގެ ކުރިން ކަނޑަ އަޅާފައިވާ ނަމަ ފިޔާ އެކްސްޕޯޓު ކުރެވޭނެ
  • ފިޔާ ކޮންސައިންމަންޓްތައް ކަސްޓަމްސްއާ ހަވާލުކޮށް, ސިސްޓަމުގައި ރަޖިސްޓްރީ ކޮށްފައިވާނަމަވެސް ކުރެވޭނެ

ނަމަވެސް ޤައުމުތަކުގެ ސަރުކާރުން, އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އިންޑިއާ އިން އަޅާފައިވާ މި ފިޔަވަޅަކީ ރާއްޖެ އަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެކެވެ.

އިންޑިއާ އިން ވަނީ މީގެ ކުރިންވެސް ރާއްޖެ އަށް އަމާޒުކޮށް، ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރިކާރުގައި މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *