ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހއްމަދު ސޯލިހު ސުންގަޑި ހަމަވުމުގެކުރިން އިލެކްޝަންސް ކޕމިޝަނަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާކަމަށް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ އެ ދެ ބޭފުޅުންގެ މާލީ ބަޔާން ލިބިފައިވުމާއިއެކު މިހާރު ކުރިއަށް ދަނީ އެ ބަޔާންތައް އާންމު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްކަމަށެވެ. އަދި އެބައިތައް ފުރިހަމަ ކުރެވުމާއި، އެކު އޮންނަ އިޖުރާއަތުގެ ތެރެއިން މައުލޫމާތުތައް އާންމު ކުރާނެކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ގާނޫނޫގައި ވާގޮތުން ކެންޑިޑޭޓުން އިންތިހާބުގެ ކެމްޕެއިންތައް ކުރިޔަށް ގެންދިޔަ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ކަމާއި ގުޅޭ ލިޔެކިއުންތަކާއި އެކު ހުށަހަޅަންޖެހެއެވެ.އެގޮތުން ފައިސާ ހޯދި ގޮތުގެ ތަފްސީލާއި ފައިސާ ދިން ފަރާތްތަކާއި އޭގެ އަދަދުތައް ވެސް ބަޔާނުގައި ހިމަނަން ޖެހެއެވެ.

މީގެއިތުރުން ބޭންކް ސްޓޭޓްމަންޓުތަކާއި، ކުރި ހުރިހާ މުއާމަލާތެއްގެ ތަފްސީލު އެނގޭނެހެން އެކައުންޓު ސްޓޭޓްމަންޓުތަކާއި އަދި ސައްހަ މައުލޫމާތުކަން އަންގައިދޭ ފައިސާ ރަސީދުތައް ވެސް ކެނޑިޑޭޓުން ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތަކުގައި ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *