ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިފަދައިން ފާސްކޮށްފައިމިވަނީ ވަރިވާން ދިޔަ އަންހެނަކަށް މެޖިސްޓްރޭޓް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ދެ މައްސަަލައަކާ ގުޅިގެންނެވެ.

އެގޮތުން ފުރަތަމަ މައްސަލާގައި އަލީ އާދަމް މަގާމުން ވަކިކުރަން ނިންމައި ، އެ މައްސަލަ ޖޭއެސްސީން މަޖިލީަށް ފޮނުވީ ޖުލައި 23 ގައި ކަމަށްވާއިރު އެ މައްސަލާގައި ބުނެފައިވަނީ އަލީ އާދަމް، ދައުވާގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަމަށެވެ.

އަދި ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާތީ އާއި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާ އިރު، އިސްމެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތްކޮށްފައިވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެންކަން ސާބިތުވާކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މީހަކަށް ގުޅައި، މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން ހެކިތަކުންނާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށް އޮކްޓޯބަރު މަހުގެ 26 ގައި މަޖިލީހަށް ފޮނުވި މައްސަލައިގައިވެސް ބުނެފައިވެއެވެ.

މި ދެ މައްސަލަ ކޮމިޓީން ދިރާސާކޮށް ޖަވާބުދާރީވުމަށްވެސް އަލީ އާދަމަށް ފުރުސަތު ދިނެވެ. އަދި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް ޖަވާބުދާރިވުމުގައި އިންކާރުކޮށްފައެއްވެސް ނުވެއެވެ. އަދި އަދި އަންހެނަކަށް މެޖެސުތަކެއް ކުރިކަމަށް އިއުތިރާފްވެވަޑައިގެންފައިވީނަމަވެސް ޖޭއެސްސީން ތަހުގީގު ގެންދިޔަ ގޮތާ މެދު އޭނާ ވަނީ ޝަކުވާކޮށް އެ އަމަލުތަކަކީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރާވަރުގެ އަމަލުތަކެއް ކަމާ މެދު ސުވާލުވެސް އުފައްދާފައެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ދެ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *