އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް. ފޮޓޯ: ސަން

ކުރިއަށް މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓަކު އެޕާޓީއެއްގެ މެންބަރަކަށްވުން ލާޒިމެއް ނޫންކަމަށްވެސް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ އިންތިހާބުގައި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްވެސް އަމިއްލަގޮތުން ވާދަކުރެވޭނެކަމަށާއި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު ހުށަހަޅަންޖެހޭނެކަމަށެވެ.

އަދި އަމިއްލަގޮތުން ވާދަކުރައްވާ ފަރާތްތަކަށް އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއި ހުށައަޅަންޖެހޭނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އަންނަ 2024 ގެ ކުރީކޮޅު މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު އިންތިޚާބު މިފަހަރު ދިމާވާނީ ރޯދަ މަސް ނުވަތަ ރޯދައިގެ ފަހަށްކަމަށް އެ ކޮމިޝަނުން އިން ލަފާކުރެއެވެ.

ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދިގު މުއްދަތެއް ދިނުމުގެ ގޮތުން ރޯދަމަހަށްފަހު އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ދަނީ މަޝްވަރާކުރަމުންނެވެ. އިންތިހާބަށް އަދި ތާރީހެއް ކަނޑައަޅާފައި ނުވާނަމަވެސް ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބާއްވާނެ އެވެ.

މީގެ އިތުރުން ބައެއް ޕާޓީތަކުން ދަނީ މަޖިކީސް އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *