އައްޑޫ ފެނަކަ އޮފީސް، ފެނުގެ ހިދުމަތް މެދުކެންޑިފައިވާތީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަނީ

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގެ އާރް.އޯ ޕްލާންޓަށް ދިމާވެފައިވާ މައްސަލަ އަދި ހައްލު ނުވާ ކަމަށާއި ރާއްޖޭން ބޭރުން ބޭނުންވާ ސްޕެއާއެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނުގެ ޙިދުމަތް މެދުކެނޑެން ދިމާވީ އާރް.އޯ ޕްލާންޓްގެ ވީ.އެފް.ޑީ ޑްރައިވް އަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އިއްޔެ ވަނީ ވީ.އެފް.ޑީ ޑްރައިވް އެއް މާލެއިން އައްޑޫ އަށް ގެންގޮސްފައެވެ. އެހެންނަމަވެސް ފެނަކަ އިން ބުނީ މާލެއިން ގެންދިޔަ ވީ.އެފް.ޑީ ގުޅާ އާރް.އޯ ޕްލާންޓް ހިންގަން ބެލިއިރު، ގެންދިޔަ ވީ.އެފް.ޑީގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން މައްސަލަ ހައްލުކުރެވިފައިނުވާ ކަމަށެވެ.

އަދި ފެނުގެ ޙިދުމަތް ކުރިން ލަފާކުރެވުނު ގަޑިއަށް ނުދެވި ވާތީ ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި، މިހާރު އެހެން ވީ.އެފް.ޑީ ޑްރައިވަރ އެއް ހޯދާ، ވީ އެންމެ އަވަހަކަށް އައްޑޫ ސިޓީއަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން ދާކަމަށް ފެނަކައިން ބުނެއެވެ.

ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން އާރްއޯ ޕްލާންޓްގެ ހިދުމަތް މެދު ކެނޑި އައްޑޫއިން ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *