ސީއެޗްއެސްއީ ގެ ހަތަރު ދަރިވަރަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެރިޓް އެވޯޑް ހަވާލުކޮށްފިއެވެ.

އެމްއޭސީއެލްގެ މެރިޓް އެވޯޑަކީ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ހާސިލްކުރާ 2 އަންހެން އަދި 2 ފިރިހެން ދަރިވަރުންނަށް ދޭ އެވޯޑެއްކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި އަހަރުގެ މެރިޓް އެވޯޑް ލިބުނު ދަރިވަރުންނަކީ އިބްރާހީމް ރިފާއު، ހަސަން ލާޔާން މުހައްމަދު، އަފާފް އަހުމަދު މުސްތަފާ އަދި އައިޝަތު އީޝަލް އަހުމަދު އަސްލަމް އެވެ.

މި މެރިޓް އެވޯޑް އެ ދަރިވަރުންނަށް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.

އެވޯޑް ހާސިލްކުރި 4 ދަރިވަރުންނަށް 1 އަހަރު ދުވަހުގެ މުއްދަތަކަށް 2000 ރުފިޔާގެ އިނާޔަތަކާއި، ލެޕްޓޮޕް އަދި އިންޓަނެޓް ޑާޓާ ޕެކޭޖެއްވެސް ލިބިގެންދިޔައެވެ.

ރަސްމިޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ މިއެވޯޑްގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމަށް މުޅިން އައު ހިތްވަރެއްް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށާއި، އެއާޕޯޓްގެ މަގާމުތަކަށް ކުރިމަގުގައި ސީއެޗްއެސްއީ ދަރިވަރުން ކުރިމަތިލާނެކަމަށްވެސް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެމްއޭސީއެލްއަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއްވެސް ތައާރަފް ކުރައްވާނެކަމަށެވެ.

މި ރަސްމިޔާތުގައި ސީއެޗްއެސްއީގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާ ވިދާޅުވީ މި މެރިޓް އެވޯޑްގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *