ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ) ގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާމަންކަމުގެ މަގާމަށް މުހައްމަދު ލަތީފު އައްޔަންކުރައްވައިފިއެވެ.

ޗެއާމަންގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ލަތީފް ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުގައެވެ.

އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވީ ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ ކަމުގައިވާއިރު އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

34 އަހަރުވަން ކުންފުންޏަށް ހިދުމަތްކުރެއްވި ލަތީފް ވަނީ ހުސްވި ނޮވެމްބަރު މަހުން ފެށިގެން ހިދުމަތުން ރިޓަޔާކުރައްވާފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައު ސަރުކާރުން އައްޔަންކުރެއްވީ، 25 އަހަރު ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ ހުސައިން ފަހުމީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *