ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް, މުހުތާޒް މުހުސިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މުހުތާޒް ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމައި އިއުލާންކޮށްފައިވަނީ މއަދު ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓަކުންނެވެ.

އެ ޕޯސްޓްގައި އޭނާ ވަނީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގެ އިތުރުން މުހުތާޒް ވަނީ, ކްރިމިނަލް ކޯޓުގެ ގާޒީކަމާއި, ޑީޖޭއޭގައި އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން މުހުތާޒް އަކީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި, ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންކަމާއި ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *