އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ފުޅާކުރުމުގެ ގޮތުން މިއަދު ޣައްޒާގެ މައި ސިޓީ ތަކަށާއި ވަށައިގެންވާ ގިނަ ސަރަހައްދުތަކަށްވެސް ހަމަލާދޭން ފަށައިފިއެވެ.

ފަލަސްތީންގެ ހެލްތް މިނިސްޓރީން ބުނީ ޣައްޒާގެ ކައިރި ސަރަހައްދަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި 40 މީހުން ޝަހީދުވުމުގެ އިތުރުން ޖަބާލިއާ އާއި ޙާން ޔޫނިސް އަށް ދިން ހަމަލާއެއްގައި މިއަދު އިތުރު އެތަކެއް ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ އަސްކަރީ ބޯޑަރު ފަޅާލައި ގާތްގަނޑަކަށް 1،200 މީހުން ރަހީނުން އަތުލައިގަނެ، އޭގެ ތެރެއިން 138 މީހުން އަޅުވެތިކޮށްފައެވެ. އިސްރާއީލުން ހަމަާސް ޖަމާއަތް ނައްތާލަން މަސައްކަތްކުރަމުން ދާއިރު ފަލަސްތީންގެ ތަަރައްގީވެފައިވާ ހިސާބުތަކަށް އިސްރީލުން ވަނީ ވެރިވެގެންފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫއަށް ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވާފައެވެ. މި ކޯލުގައި ބައިޑަން ވަނީ ފަލަސްތީންގެ އާންމުންނަށް ހަމަލާދިނުން ހުއްޓާލުމަށް އެދި، އާންމުންގެ އާބާދީ ހަމާސް ޖަމާއަތުން ވަކިކުރުމަށް އެދިވަޑައިގެންފައެވެ.

ބައިޑަން ވަނީ ޣައްޒާގައި އަދާވާތްތެރިކަން ހިނގާކަން ކަށަވަރުވެފައިވާ ސަރަހައްދުތަކުގައި ރައްކާތެރިކަމާއިއެކު ދަތުރު ކުރެވޭނެ ކޮރިޑޯތަކެއް ގާއިމްކުރުމަށްވެސް އެދިވަޑައިގެންފައެވެ.

ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލުން ދެކުނު ކެރެމް ޝަލޮމް ހުރަސްކޮށް ހުޅުވިދާނެ ކަމުގެ އުއްމީދީ ނިޝާންތައް ފެންނަން ހުރި ކަމަށް އދ ގެ ހިއުމެނިޓޭރިއަން ޗީފް މާޓިން ގްރިފިޓްސް ވިދާޅުވިނަމަވެސް ހަމާސް ޖަމާއަތުން ވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޣައްޒާގެ އުތުރަށް އެއްވެސް އެހީއެއް އައިސްފައި ނުވާ ކަމަށް ބުނެ "ބަނޑުހައިހޫނުކަމުގެ ހާލަތެއް" އިއުލާންކޮށްފައެވެ.

އިޒްރާއީލުން ހަނގުރާމަ އިއުލާންކޮށް ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 2 މަސް ދުވަސްވެފައިވާއިރު ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު ވަނީ 17،000 އަށް ވުރެއް މައްޗަށް އަރާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *