އައްޑޫ ސިޓީ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް މިއަދުގެ ވަގުތެއްގައި އަލުން ޚިދުމަތްފަށާނެ ކަމަށް  ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެ މައްސަލަ ދިމާވެފައިވަނީ ޕަންޕްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ދިމާވީންސުރެ ފެނަކައިގެ ހީވާގި މުވައްޒަފުން އެމައްސަލަ ރަގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ކަރަންޓުދިނުމުގެ ނިޒާމުގައި ހަލާކުވެފައިވާ ބައި ބަދަލުނުކޮށް މައްސަލަ ހައްލުވާން ނެތުމާއި އެކު މާލެއިން އެ ސްޕެއާ ގެނައުމަށް، މިހާރު އެއާ ފްރެއިޓް ކުރެވިފައި ވާ ކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.

އެހެން ކަމުން އިތުރު މައްސަލައެއް ދިމާނުވާނަމަ މިރޭ އަވަސް ގަޑިއެއްގައި ފެނުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *