25 މާޗް 2017: މަސީހާ އެކު ޕީޕީއެމް އެމްޑީއޭ، ޕީޖީ މެމްބަރުން: މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގަން އުޅޭތީ ސާޅީސް އެއް މެމްބަރުންނާއެކު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.

އެމްޑީއޭ އިން ކުރި އިއުލާނެއް ބުނީ އެ ޕްރައިމަރީގައި އެ ޕާޓީގެ ފަރާތުން ވާދަކުރަން ޝައުގުވެރިވާ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު އަަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޝައުގުވެރިވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މި މަހުގެ 10 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނިފައިވާ މީހަކަށްވުމާއި ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ މީހަކަށްވުމާއި ގާނޫނު އަސާސީންނާއި، ގާނޫނުތަކުން އެ އިންތިޚާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތައް ފުރިހަމަވެފައިވާ މީހަކަށްވުމުގެ އިތުރަށް އަބުރުވެރި ނަޒާހަތްތެރި މީހެއް ކަމުގައިވުން ހިމެނޭ  ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ޕާޓީގެ އޮފީހަށް ފޯމު ހުށަހަޅަންވާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

[email protected]ފޯމު މެއިލް ކުރެވެން ވެސް ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފޯމު މިއަދުން ފެށިގެން، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00އަށް ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *