ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބުކުރުމަށް އިއްޔެ ބޭއްވި އިންތިހާބު އަލީ އަބްދުއްލަތީފް ކާމިޔާބުކުރައްވައިފި އެވެ.

ރާއްޖޭގެ ކޯޓުތަކަށް ގާޒީންނާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާއި، ކޯޓުތަކުގެ ގާބިލްކަމާއި، ފެންވަރާއި، ސުލޫކު ކަށަވަރުކުރުމަށް، ގާނޫނު އަސާސީގެ ދަށުން އެކުލަވާލާފައިވާ މިނިވަން މުއައްސަސާގެ އިންތިހާބު ބާއްވައިދިނީ ބާ ކައުންސިލުންނެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމެވެ، ވާދަކޮށްފައިވަނީ އެންމެ ކެންޑިޑޭޓެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އެ އިންތިހާބަކީ ޖޭއެސްސީގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަށް އައްޔަންކުރާ މީހެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އަލުން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ ބޭއްވި އިންތިހާބެއް ކަމަށް ބާ ކައުންސިލުން ބުނެއެވެ.

މީގެ ކުރިން ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލުކުރެއްވީ އަބްދުލް މާނިއު ހުސައިނެވެ. އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް މިދިޔަ މަހުގެ 12ގައި ޖޭއެސްސީން އިސްތިއުފާދެއްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *