ހުކުރު ހުތުބާ ކިޔަނީ ފޮޓޯ:ވަން އޮންލައިން

އިސްލާމީ ސައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިންސާނާގެ ހަޔާތުގައި ސައްހަ ޢަޤީދާގެ މުހިންމުކަން މި މަޢުޞޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީން ބިނާވެގެން ވަނީ ޢަޤީދާއާއި އަމަލުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ޢަޤީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަނުވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ސައްހަ ޢަޤީދާއަކާ ނުލާ ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން ދަރިވަރުންނަށް ސައްހަ ޢަޤީދާ އުނގަންނައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ކުރާ ބުރަ މަސައްކަތް ކާމިޔާބު މަސައްކަތަކަށްނުވާތީ، އެކަމާމެދު ފިކުރުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަނީ ކިތައް މައިންބަފައިންތޯ މިއަދުގެ ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

އަދި ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައިދިނުމަށްޓަކައި އެކަމަށް ޤާބިލް މީހުން ގެނެސް، ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސުކޫލާއި ސުކޫލުން ބޭރުގައިވެސް ބާއްވަމުންދާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އޭގެތެރޭގައިވެސް ނުކޮށް ދޫކޮށްލެވޭ އެއްކަމެއް އެބައޮތް ކަމަށާއި އެކަމަކީ ކުދިންނަށް އިސްލާމީ ޢަޤީދާއާ ގުޅޭ މަޢުލޫމާތު ފުރިހަމައަށް ފޯރުނުކޮށްދެވުން ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޢަޤީދާ އަކީ އީމާންކަމުގެ އަސާސަށްވާއިރު، އެ އަސާސުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރެވިގެން ނޫނީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *