ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ފޮޓޯ: މިހާރު

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމައިފިއެވެ.

މި އޮޕަރޭޝަންއާއި ގުޅިގެން އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ޗެކްކުރުމަށް ފަހު، ޤާނޫނާ ޚިލާފުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި، ޤަވައިދުގެ ތެރެއަށް ބިދޭސީން ފެއްތުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަދަ ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ފައްތަން ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

އަދި މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި ރައްޔިތުންނާއި އަދި މިކަމާ ގުޅުންހުރި އެންމެހާ ފަރާތްތައް ޝާމިލުކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ރައްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނަ ޤައުމަކަށްވާއިރު، ޤަވައިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަތައް ވަރަށް ގިނައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *