ވެލާނާގެ. ސަރުކާރު ގިނަ އޮފީސްތައް ހުންގަމުންދާ އިމާރާތެއް | ފޮޓޯ: ސަން.އެމްވީ

ސިވިލް ސާރވިސްގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭ  ގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން މިއަދު ވަނީ އެ ކޮމިޝަނުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ޕޯޓަލް،"އީ ރެކްރޫޓްމަންޓް މޮޑިއުލް" އިފްތިތާހްކޮށްފައެވެ.

"އީ ރެކްރޫޓްމަންޓް މޮޑިއުލް" އިފްތިހާހުކޮށްދެއްވީ މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލްއެވެ.

މި މޮޑިއުލް އަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް ރެކްރޫޓްކުރުމަށް ބޭނުންކުރާ ސޮފްޓްވެއާރ ސީއެސްވިއުގައި ބޭނުންކޮށްގެން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމަށް ކުރާ ހުރިހާ މަސައްކަތްތަކެއް އޮންލައިން ކުރުމަށް ފަރުމާކޮށްފައިވާ މޮޑިއުލެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވީ އެ މޮޑިއުލްގެ ސަބަބުން ސިވިލް ސަރވިސް ކޮމިޝަނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ.

މީގެއިތުރުން މިފަދަ މަސައްކަތްތަކުގެ ސަބަބުން މުޅި މުޖްތަމަޢުއަށް ފައިދާ ކުރާނެކަން ފާހަގަކުރައްވަމުން އެބޭފުޅާ ވިދާޅުވީ ތަނެއްގެ ޚިދުމަތް އަވަސްވާވަރަކަށް އެތަނަކުން ކުރާ ޚަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ.

މި މޮޑިއުލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ ސިވިލް ސަރވިސް އުފެދުނު ފަހުން 15 އަހަރުވެފައިވާއިރު ގާނޫނީ ގޮތުން ކުރަން ގިނަ ގުނަ މަސައްކަތްތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

އެހެންނަމަވެސް ލިބިފައި ހުރި މަދު ވަސީލަތްތަކުން ކޮމިޝަންގެ މަސައްކަތް ފުޅާކޮށް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ނާޞިޙް ވިދާޅުވިއެވެ.

ނާޞިޙް ވިދާޅުވީ މި އިފްތިތާހު ކުރެވިގެން މިދިޔަ އީ-ރެކްރޫޓްމަންޓް މޮޑިއުލް އަކީ މި ފަދަ ގޮންޖެހުންތަކުން އަރައިގަނެ، ކޮމިޝަންގެ ޚިދުމަތްތައް ތަރައްގީކުރުމާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ މަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.

ނާޞިޙް ވިދާޅުވީ މި މޮޑިއުލްއާއެކު، އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުޙަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައް ވެސް މަދުވެގެންދާނެކަމަށެވެ. އަދި އިޢުލާނު މެނުއަލްކޮށް ތައްޔާރުކުރުމުގައި މިހާރު އިދާރާތަކުން ހެދޭ ކުށްތައް ހެދުމުގެ ފުރުޞަތު ކުޑަވެ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ދެނެގަތުމަށްޓަކައި ތައްޔާރުކުރެވޭ އ 2ޭ ޝީޓްގެ ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކުން ހެދޭ ކުށްތަކުގެ ފުރުޞަތު ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *