މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މިހާރު

ސަރުކާރުގެ މަޝްރޫތަކަށް ބިޑް ނުކޮށް، ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ހަދާފައިވާ އުސޫލު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އުވާލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ އުސޫލަށް ގެޒެޓުކުރާ ތާރީހުން ފެށިގެން އަމަލު ކުރާނެއެވެ. އެ އުސޫލު ގެޒެޓުކުރީ އިއްޔެއެވެ.

މިއީ ޞާލިހްގެ ސަރުކާރުން 2019 ވަނަ އަހަރު ހަދައި އަމަލު ކުރަން ފެށި އުސޫލެކެވެ. އެ އުސޫލުގެ ދަށުން ގިނަ ޕްރޮޖެކްޓްތަކެއް ކުންފުނިތަކާ ވަނީ ހަވާލު ކޮށްފައެވެ.

އެ އުސޫލުގެ ބޭނުމަކީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑުކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.

ކޮރަޕްޝަން ރާއްޖޭން ނައްތާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ މަނިކުފާން ވިދާޅުވެފައިވަނީ ސަރުކާރު ހިންގާނީ ކޮރަޕްޝަނަށް ފުރުސަތު ނުދީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *