ސިވިލް ކޯޓު

ޖޫރިމަނާ ފައިސާ ނުދައްކަނީސް ކުޑަގިރި ފަރަށް އެރި އިންޑިއާ ބޯޓު ފުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އިންޑިއާގެ "އެމްއެސްވީ މާރިއާ ސިންތަޔަތިޓައި ރިޔާނާ" ނަމަކަށް ކިޔާ ބޯޓެއް ކ.ކުޑަގިރި ފަރުގެ ވެލިގަނޑަށް އެރީ ފާއިތުވި ޖެނުއަރީ 31 ގައެވެ. އެ ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި، 3 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާތާ އަހަރެއްވާން ކައިރިވެފައިވާއިރު އަދިވެސް އެ ފައިސާ ދައްކާފައެއްނުވެއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އިޕީއޭ) އަށް ބަލާ ފާސްކުރުމުގެ ތެރޭގައި ވަނީ އެ ބޯޓު ފަރަށް އެރުމުން، ފަރުގެ 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވކަމަށް ކަށަވަރުވެފައެވެ. އެހެންކަމުން އެ އިދާރާއިން ވަނީ އެ ބޯޓު 3.9 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގާފައެވެ.

އެ ބޯޓު ރާޖެއަށް އެތެރެކުރި ކުންފުނިކަމަށްވާ ބިގްވޭވް ވަނީ ޖޫރިމަނާ ފައިސާ ނުދައްކަނީސް ބޯޓު ފުރުން އީޕީއޭއިން ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ފާއިތުވި ނޮވެމްބަރު މަހު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ބިގްވޭވްއިން އެ މައްސަލާގައި އެދިފައިވަނީ އެ ބޯޓަކީ ލަކުނޑި ބޯޓަކަށްވެފައި، ބޯޓު މެއިންޓެނަންސް ހަރަދުތައް އިތުރުވަމުންދާކަމަށެވެ. އަދި އެ ކުންފުނީގެ އެޖެންޓު ކަމުގެ ދަށުން ރާއްޖޭގައި ނުފުރި ބޯޓު އޮންނަ ކޮންމެ ދުވަހަކު މާލީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ވަމުންދާތީ އެ ބޯޓު ފުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި ބޯޓު ހިފަހައްޓާފައި އޮންނަ އޮތުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޒިންމާ އީޕީއޭއިން ނަގަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެކުންފުނިން އެދިފައިވެއެވެ.

އެ މައްސަލާގައި ސިވިލްކޯޓުން ފާއިތުވި ހޯމަ ދުވަހު ކުރި ހުކުމްގައި ހާމަކޮށްފައިވަނީ 3.9 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އޮތް ނަމަވެސް މިހާތަނަށްވެސް އެ ފައިސާ ދައްކާފައިނުވާކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެއީ އީޕީއޭގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ ސިވިލް ކޯޓުން ބުނީ ރާއްޖެއަށް އަންނަ ބޭރުގެ ބޯޓުފަހަރު ރާއްޖެ ދޫކޮށް ދިއުމުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކިކަން ޓްރާސްފޯޓް މިނިސްޓްރީއަށް ޔަގީންކޮށްދިނުމުން ބޯޓު ފުރުމުގެ ހުއްދަ އާންމު އުސޫލުންވެސް ނުދޭ ކަމަށެވެ.

އަދި ބިބްވޭވުން ހުށަހެޅި ދައުވާ ސާބިތު ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *