މި 2023 ވަނަ އަހަރު ނިމުމުގެ ކުރިން އައު ސަބްސްޓޭޝަންގެ މަސައްކަތް ނިންމޭނެކަމަަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީ ފަހުމީ ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ދެއްވި ޔަގީންކަމާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތަށް މާވެޔޮ މިސްކިތް ކައިރީ، މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ސަބްސްޓޭޝަން އެތަނުން ނެގުމަށްޓަކައި ބަހައްޓަންޖެހޭ ފުރަތަމަ ޓްރާންސްފޯމަރު އަންގާރަ ދުވަހު ރޭ ބަހައްޓާފައިވާކަމަށެވެ.

ފަހުމީ ވިދާޅުވިގޮތުގައި ސްޓެލްކޯގެ އެމްޑީގެ ހައިސިއްޔަތުން އޭނާގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައު ސަބްސްޓޭޝަންގެ މަސައްކަތް ނިންމައި، މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ސަބްސްޓޭޝަން ނަގައި، އޭގެ ފަސޭހަ ރައްޔިތުންނަށް ލިއްބައިދިނުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކުގެ މަޤާމަށް، އެ ކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ،25 އަހަރުގެ ތަޖުރިބާހުރި ހުސެއިން ފަހުމީ އައްޔަނުކޮށްފި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ.

ފަހުމީ ވަނީ އިނގިރޭސިވިލާތުން މާސްޓަސް އޮފް އެކައުންޓިން އާއި، ފައިނޭންޝިއަލް ސާވިސަސްއިން އެމްބީއޭ ހާސިލު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *