މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ،

ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަށާއި، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާއަށް ބަދަލު ގެންނަން ދަ ޑިމޮކްރެޓްސް އިން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ގާނޫނޫ އަސާސީގެ 70 ވަނަ މާއްދާގައި މިހާރު އޮންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ޤާނޫނު އަސާސާިއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ.

އިމްތިޔާޒު ހުށަހަޅުއްވާފައިވަނީ ޤާނޫނު އަސާސީގެ 2626 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

އެގޮތުންއިތުރު ކުރުމަށް ހުށަހަޅާފައިވަނީ 262 ވަނަ މާއްދާގެ (ނ)، އެ މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް ޤާނޫނު އަސާސީ އަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، މި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔޮތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ރައްޔިތުންނާއި ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޠޓެއް ނަގާފައިވާ ކަމެއް ހިމެމޭނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެ ކަމަށް ބުނާ މާއްދާއެކެވެ.

މި ބިލު ބަލައިގަތުމާއި މެދު މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބިލު ބަލައިގަތުމަށް  ފެންނަ ކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 44 މެންބަރުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *