ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއި ގުޅިގެން އާންމުން ހައުސިން މިނިސްޓްރީއަށް ގޮސް ކަންބޮޑުވުން ފާޅުކުރަނީ - ފޮޓޯ: ޕީއެސްއެމް

ބުރާސްފަތި ދުވަހު ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގެދޮރިވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ފަހި މާހައުލެއް ޤާއިމުކޮށް އެތަނެއްގައި މީހުން އާބާދުކުރެވުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކާރުން ފްލެޓް ދޫކުރުމަށް، ފްލެޓް ލިބޭ މީހުން ކަނޑައަޅާ ނެރުނު ލިސްޓަށް އާންމުންގެ ބޮޑަތި ޝަކުވާތަކެއް ހުރުމުންނާއި އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން އޭސީސީން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.

ހައިދަރު ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ނެރެފައިވާ ލިސްޓް ބާތިލު ނުކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް ފުލެޓް ލިބުނު 4000 މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ބަލާ ހައްގުވެރިންނަށްނަށް ފްލެޓް ހަވާލުކުރައްވާނެ ކަމަށެވެ. އަދި ލިސްޓާއި ގުޅިގެން ހުރި މައްސަލަތައް އޭސިސީން ބަލަމުންދާނެ ކަމަށާއި، އެއަށްފަހު ލިސްޓަށް ގެންނަ ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

އިއްޔެ އޭސީސީން ވަނީ ފްލެޓް ލިސްޓުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ޕެޓިޝަން ކޮމިޓީ އާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ލިޔެކިއުމުން އަތޮޅުތެރޭގައި ވަޒީފާ އަދާކުރާކަން ހާމަވާ މީހުންނަށްވެސް އެއީ މާލޭގައި ދިރިއުޅޭ ބައެއް ކަމަށް ނިންމާ ފުލެޓް ދީފައިވާކަމަށް އޭސީސީން ފާހަގަކުރެއްވިއެވެ. އަދި ލިޔެކިއުމުން ދަރިން ނެތކަން ހާމަވާ ބައެއް މީހުންނަށް، ދަރީން ތިބި ކަމަށް ބަލާ ޕޮއިންޓް ދީފައިވާ ކަމަށް އޭސީސީން ފާހަގަ ކުރިއެވެ.

އެހެންނަމަވެސް މިބުރުގައި ފްލެޓް ދޭން ނިންމާފައިވަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މަލޭގެ ރަށްވެހިންނަށް އެކަންޏެވެ. އޭސީސީން ބުނީ މިކަންކަން ބަލާ ދިރާސާ ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *