އަމީނީ މަގުގެ ނުނި އޮތް ބައިގެ މަސައްކަތް ފެށުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އަމީނީމަގުގެ ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އާރްޑީސީއާ އަދި ސްޓޭކްހޮލްޑަރުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލުވުމުގައި ނިންމާފައިވަނީ އަމީނީ މަގުގެ އެންމެ ފަހު ސްގެމެންޓު 12 އަދި 13 ގެ މަސައްކަތް ފެށުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ, މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް އާރްޑީސީން ތައްޔާރުވަމުންދާ ކަމަށެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމަށް ހިންގަމުން އަންނަ މަޝްރޫއުގެ އެ މަގު މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާއި ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 3 ޖުލައި 2022ގައެވެ. އަދި މި މަޝްރޫއަކީ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމަން އެއްބަސްވި ތާރީޚަށް ނުނިމުމުގެ ސަބަބުން ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *