ހައުސިން މިނިސްޓަރ ޑރ. ހައިދަރު

ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދެވުނު ކަމަށް ދެންނެވުނީ އޮޅުމަކުންކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސުކީމުން ފްލެޓް ދޫކުރި ޕްލެޓްތަކުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދާއިރު، އެ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފައި ނުވާކަމަށް މިއަދު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އޭސީސީގެ ރައީށް އާދަމް ޝާމިލް ވިދާޅުވިއެވެ.

ނަމަވެސް ނޮވެމްބަރު 27 ގައި ބޭއްވި މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހައިދަރު ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ޕޯޓަލްއަށް އޭސިސީއަށް އެކްސެސްދީފައިވާ ކަމަށެވެ.

މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގައި މިނިސްޓަރާއި ވެސް ސުވާލުތައް ކޮށްފައިވެއެވެ. މިނިސްޓަރާއި ސުވާލު ކުރިމަތި ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. އެ މެންބަރު ވިދާޅު 27 ނޮވެމްބަރުގައި ގައުމީ ތަރައްޤީއާއި ތަރައިކައާއި ބެހޭ ކޮމިޓީގައި މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް މިއަދާއި ހަމައަށްވެސް އެ ޕޯޓަލްގެ އެކްސެސް ދީފައިނުވާކަމަށް އޭސީސީގެ ރައީސް މިއަދު ކޮމިޓީގައި ވިދާޅުވި ކަމަށެވެ. އެހެންކަމުން ދެ ބޭފުޅުންގެ ވާހަކައިގައި ތައާރަޒުވުމެއް އުޅޭ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޕޯޓަލް އަށް އެކްސެސް ދީފައިވާ ކަމަށް 27 ނޮވެމްބަރުގައި ދެންނެވުނީ އޮޅުމަކުން ކަމަށެވެ. އަދި ޕޯޓަލްއަށް އެކްސެސްވުމަށް އެދި އޭސިސީން ފޮނުވާފައިވާ ސިޓީގައި ޝަރުތުތަކެއް ހިމަނާފައިވާ ކަމަށާއި، އޭގެތެރޭގައި އެ ޕޯޓަލަށް މިނިސްޓްރީއަށް އެކްސެސް ނުވެވޭ ގޮތަށް ހެދުމަށާއި، އެބޭފުޅުންނަށް ކުރެވެން ޖެހޭ ވަކި ކަހަލަ ކަންތައްތަކެއް އެ ސީޓީގައި ހިމަނާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލަކީ ބަދަލުތަކެއް ގެންނަން ޖެހޭ ޕޯޓަލެއް ކަމަށްވާތީ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށް ހަފްތާއެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ޑރ. ހައިދަރު ވިދާޅުވިއެވެ.

އަދި ފުލެޓް މައްސަލަ 20 ދުވަހުގެ ތެރޭގައި ބަލާ ނިންމާނެ ކަމަށް އޭސީސީން މީގެ ކުރިން ބުނެފައިވާ ކަމަށާއި، ނަމަވެސް ޕޯޓަލަށް އެކްސެސް ނުދީގެން މައްސަލަ ބެލުން ހުއްޓީފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި މަސް ނިމޭއިރު އެމައްސަލަ ބަލައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭސިސީގެ ރައީސް މިއަދު ޕެޓިޝަން ކޮމިޓީގައި މިއަދު ވިދާޅުވީ މިއަދާއި ހަމައަށްވެސް ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސްދީފައި ނުވާ ކަމަށާއި، ތަހުގީގު އަވަހަށް ނިންމޭނީ އެ ޕޯޓަލްއަށް އެކްސެސްވެގެން ކަމަށެވެ. އަދި އެކަމާއި ހުރެ ފުލެޓް މައްސަލައިގެ ތަހްގީގަށް ހުއްޓުން އަރާފައިވާ ކަމަށް އޭސީސީގެ ރައީސް ޝާމިލް މިއަދު ކޮމިޓީގައި ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *