މެންބަރު ޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (421 ކޮމިޓީ) ގެ މުގައްރިރަކަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އިންތިހާބު ކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރު ޣަފޫރުގެ ނަން އެ ކޮމިޓީގެ މުގައްރިރުކަމަށް ހުށަހެޅުއްވީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދެވެ. އެ ނަމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ. 241 ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު އިންތިހާބު ކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

އެމަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހުނީ ކުރިން 241 ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވުމާއި ގުޅިގެންނެވެ. މަޖިލިސް ރައީސް އަކީ އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ މެންބަރެއް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *