ރައީސް ސޯލިހު އެމްޑީޕީގެ ކޮމިޓީއަކާއި ބައްދަލުކުރުން

ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރުކުވާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ ކޮމިޓީތަކާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ވަނީ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީގެ މެންބަރުންނާއި ޕާޓީގެ އިންތިޒާމްކުރުމާބެހޭ ކޮމިޓީގެ މެންބަރުންނާއި ޔޫތު ރިސޯސް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ ގޮތުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިދިޔަ މަހު ވަނީ އއ. އުކުޅަހުގައިވެސް ބާއްވާފައެވެ.

އެމްޑީޕީން ދަނީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ހޮވުމަށް އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *