ފެނަކައިގެ އައު މެނޭޖިން ޑިރެކްޓަރ މުއާޒު އެ ކުންފުންޏާއި ހަވާލުވެވަޑައިގެންނެވުމުން މަރުހަބާ ދެންނެވުން

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑު ފޯމް ސާފުކުރަމުންދަނީ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް މުއާޒް ވިދާޅުވިއެވެ.

އެކަމާއި  ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ފެނަކަ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް އިއްޔެ އެކަނިވެސް 3،930 ފޯމު ހުށަހެޅުމާ ގުޅިގެން ކުށުގެ ރެކޯޑް ސާފުކުރަން އޮންލައިންކޮށް ހުށަހެޅުމަށް އޮންނަ ނިޒާމު ތޮއްޖެހި ހިދުމަތްތަކަށް އިއްޔެ ބުރޫއަރާފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަކީ އާންމު ގޮތެއްގައި އެއް ދުވަހުން ކުށުގެ ރެކޯޑް ސާފުކޮށްދޭ އިދާރާ އެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *