އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމަށް ވާދަކުރައްވާ 3 މެންބަރުން

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމަށް 3 ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީ ޑެޕިއުޓީ ޕީޖީ ލީޑަރ ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ގ. ނިއުޝާގައި ހުންނަ އެޕާޓީގެ ޖަލްސާކުރާ މާލަމުގައެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ޕީޖީ ލީޑަރުކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު ކުރިއަށްދާނީ 05 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 ން 16:00 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *