އާޒިމާ ޝަކޫރު

މާލެ ސިޓީ ކައުންސިލް ހުސްވެފައިވާ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ޕީއެންސީއަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އާޒިމާ ވިދާޅުވީ ޕީއެންސީ ޓީކެޓްގައި މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރާއި ގުޅިގެން ހައްލު ގެނެސްދެއްވުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

އާޒިމާ ވިދާޅުވީ މާލޭ މޭޔަރުކަމުގައި ހުންނެވި ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވިއިރު މާލޭގެ ތަރައްޤީއަށް އެމަނިކުފާނުގެ ތަސައްވުރެއް އޮންނާނެ ކަމަށާއި، އެހެންކަމުން ސަރުކާރާއި އެކު ކުރިޔަށް ދިއުމަށް މާ ފަސޭހަވާނެ ކަަމށް އާޒިމާ ވިދާޅުވިއެވެ.

މަލޭ މޭޔަރު ކަމަށް އާޒިމާ ވާދަކުރައްވާއިރު ރައީސް ޔާމީން އުފައްދަވަން ނިންމާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދެވެ.

އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އެމްޓީސީސީ ގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެވެ. މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ސައިފް ފާތިހް އެވެ.

މާލޭ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖެނުއަރީ 13 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *