މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓު ގުނާ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކުރައްވައިފިއެވެ.

ނައިބު ރައީސަކު އިންތިހާބު ކުރުމަށް މިރޭ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ސަލީމަށް ލިބިވަޑައިގެންނެވީ 51 ވޯޓެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު އިންތިހާބު ކުރަނީ މިއަދު އެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އިސްތިއުފާ ދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހަޅާފައިވަނީ ދެ ނަމެކެވެ. އެގޮތުން އެމްޑީޕީގެ މެންބަރު އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޝިފާއު ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަމެވެ.

ސަލީމްގެ ނަމަށް ތާއީދު ކުރެއްވީ، ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލް ހަކީމް އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ނައިބު ރައީސް ކަމަށް ހުށަހެޅުއްވީ ކާށިދު ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ނަމެވެ.

ޖާބިރުގެ ނަމަށް ތާއީދު ކުރެއްވީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *