ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - ފޮޓޯ: މަޖިލީސް

މިއަދު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބުދުﷲ އެ މަގާމުން އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ފަރާތުން އެ މަގާމަށް ވާދަކުރުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަން ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީން ވަނީ މިއަދު އެޕާޓީގެ ޕީޖީ ގުރޫޕުގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގާފައެވެ. އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.

އެ ވޯޓުގެ ނަތީޖާއިން ސަލީމަށް ލިބިވަޑައިގެންނެވީ 26 ވޯޓެވެ. ރޮޒެއިނާއަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. ޖާބިރަށް ލިބިވަޑއިގެންނެވީ 4 ވޯޓެވެ.

މަޖިލީހަށް އައު ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ ފެށިގެން މިހާރު ކުރިޔަށް އެބަދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *