ކުރީގެ ރައީސް ޔާމީން

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަކީ ބޮޑު ޗެލެންޖެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތްޕުޅު ކުރެއްވުމަކީ މާ ބޮޑު ޗެލެންޖެއް ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީ އާއި ޔޫއޭއީގެ ދަތުރުފުޅަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހައްދަވާ ވާހަކަފުޅާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް، ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ގައުމު ކުރިއެރުވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެކުގައި ގައުމު އިސްކޮށްގެން ކުރިޔަށްދާން ބޭނުންކަމުގައިވާ ނަމަ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި ޤައުމު ކުރިއެރުވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެކުގައި ގައުމު އިސްކޮށްގެން ކުރިޔަށްދާން ބޭނުންކަމުގައިވާ ނަމަ ވަރަށް ރަނގަޅު ގޮތެއް އެއީ."

ރައީސް ވިދާޅުވީ ޗެލެންޖްތައް ކުރިމަތިވަންޏާއި، އެ ޗެލެންޖުތަކާއި އެކުގައި ގައުމީ ވިސްނުމުގައި ކުރިޔަށް ދެވޭނެ ކަމަށާއި، އެބޭފުޅުންގެ ތެރޭގައި މާ ބޮޑު ކަންތައްތަކެއް އުފެދިގެންދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ސިޔާސީ އެންމެންވެސް ބޭނުންވަނީ ގައުމަށް ރަނގަޅުގޮތް ވުމަށް ކަމަށާއި، ރައީސް މުއިއްޒުވެސް ހުންނެވީ ހައުމީ ވިސްނުމުގައި ހުރިހާ ބޭފުޅުންނާއި ގުޅިގެން ކުރިަޔށް ވަޑައިގެންނެވުމަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ހިތޯބުގައިވެސް އެކުވެރިވުމާއި، ބައިބައިނުވުމާއި، ގައުމު އިސްކުރުމުގައި ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *