އދ. ދިގުރަށުގައި ހުންނަ ފުލުހުންގެ އިދާރާ

އދ. ދިގުރަށުގައި ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނު މައްސަލައާއި ގުޅިގެން 30 އަހަރުގެ ސްރީލަންކާ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފިއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް މި ތުއްތު ކުއްޖާ ފެނިފައިވަނީ އެރަށު ކުނިގޮނޑުންނެވެ. އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދު 09:20 ހާއިރުއެވެ. އެކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ.

ފުލުހުން ބުނީ ލަންކާ އަންހެނަކު މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މިއަދު ދިގުރަށުން މާލެ އައިސް ސްރީލަންކާއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު މިއަދު މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *