ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ގައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައަކަވަމުން ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ މެޑިކަލް ސްކޫލް މިހާރު ހިންގަމުން ދަނީ ވަރަށް ކުޑަކުޑަ ޖާގައެއްގައިކަމަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ފަންގިފިލާގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެޑިސިން ދާއިރާއަކި ކޮންމެ އަހަރަކުވެސް އެތަކެއް ކުދިންނެއް ޝައުގުވެރިވާ ދާއިރާއެއްކަމަށްވާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަމަށް ޑރ.ޝެހެނާޒް ފާހަގަކުރެއްވިއެވެ. ޖާގައިގެ ދަތިކަން ބޮޑުކަމުން ހުޅުމާލޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރަން ނިންމީ ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.

ޑރ.ޝެހެނާޒް އިތުރަށް ވިދާޅުވީ މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި އިމާރާތްކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާއިރު އެ މެޑިކަލް ކޮލެޖު ޑިޒައިން ކުރެވިފައިވަނީ ހޮސްޕިޓަލަކާއި، އެނޫންވެސް އެދާއިރާއިން ހުނަރު ހޯދުމަށް ބޭނުންވާނެ އެހެން ވަސީލަތްތަކާއި އެކުކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑިޒައިންތައް މިހާރު ނިމިފައިވާއިރު ހޮސްޕިޓަލް ޑިޒައިން ކުރެވިފައި ވާނީ މެޑިކަލް ސްކޫލަކާއި އެކުގައި ކަމަށެވެ. އަދި އަންނަ 2024 އަހަރުތެރޭ މެޑިކަލް ކޮލެޖުގެ މަސައްކަތްތައް ފެށޭނެ ކަމުގައިވެސް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ޤައުމީ ޔުނިވާސިޓީގައި ޑޮކްޓަރުކަމުގެ ދާއިރާއިން 196 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *